މުސްލިމުން ތިބީ ނަފްސާނީ ބިރުވެރިކަމަށް ފަސްޖެހޭ ގޮތަކަށް ނޫން: ރިޕޯޓް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
މުސްލިމުން ތިބީ ނަފްސާނީ ބިރުވެރިކަމަށް ފަސްޖެހޭ ގޮތަކަށް ނޫން: ރިޕޯޓް

ބައެއް ޤައުމުތަކުން މަސައްކަތްކުރަނީ މުސްލިމުންނަށް ބިރު ދައްކައި ނަފްސާނީ ގޮތުން ބަލިކަށިކުރަން ކަމަށާއި ނަމަވެސް މުސްލިމުން ތިބީ ނަފްސާނީ ބިރުވެރިކަމަށް ފަސްޖެހޭ ގޮތަކަށް ނޫން ކަމަށް ދިރާސާ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

މެދުއިރުމައްޗާއި ޔޫރަޕުގެ 11 ޤައުމެއްގައި ކޮށްފައިވާ މި ދިރާސާއަށް ބަލައި ރިޕޯޓްގައި ބުނެފައިވަނީ ސަރވޭގައި ބައިވެރިވި މީހުންގެ 80.7 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ އަޤީދާ ބަދަލުނުކުރެވޭނެ ކަމަށް ކަމަށެވެ. 19.3 އިންސައްތަ މީހުން ސީދާ ޖަވާބު ދޭން ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށާއި އެމީހުން ބުނެފައިވަނީ ޖަވާބު ދޭނީ އަމަލުން ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެރިޕޯޓުގައި ބުނެފައިވަނީ ބައެއް ޤައުމުތަކުގައި މުސްލިމުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރުވާ ކަމަށެވެ. އެގޮތުން މަގުމަތިން ފުލުހުން ބިރު ދައްކާ ކަމަށާއި މޫނު ބުރުގާ ނެގުންފަދަ ކަންކަން ކުރަން ފިރިހެން ފުލުހުން އަމުރުކުރާ ކަމަށެވެ. ހަމައެއާއިއެކު މޫނު ބުރުުގާ އެޅުން ބައެއް ޤައުމުތަކުގައި މަނާކޮށްފައިވުމަކީވެސް މުސްލިމުންގެ ކަންބޮޑުވުން އިތުރުވާ ސަބަބެއް ކަމަށްވެސް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން މުސްލިމުން ނޫން މީހުން ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު މުސްލިމުންގެ ބޮލުގައި އަޅުވަމުން ގެންދާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދު އޮންލައިން