ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ނަމުގަ މުސްލިމުން ބިރުގަންނަވަނީ: ރިޕޯޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ނަމުގަ މުސްލިމުން ބިރުގަންނަވަނީ: ރިޕޯޓް

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ނަމުގައި މުސްލިމުން ބިރުގަންނަވަން ވަރަށް ބޮޑަށް މަސައްކަތްކުރާކަން ހާމަވެއްޖެއެވެ.

ބައެއް ޤައުމުތަކުގައި ކުރި ދިރާސާތަކަށްފަހު ހާމަކުރި ރިޕޯޓުގައި ބުނެފައިވަނީ ބައެއް ޤައުމުތަކުން މިކަމަށް ފާސްކޮށްފައިވާކަމަށް ބުނާ ޤާނޫނުތައްވެސް ޢާންމު ނުކުރާ ކަމަށެވެ. އެހެންކަމުން އެބުނާ ޤާނޫނުތަކުގައި އޮންނަނީ ކޮންކޮން ކަންތައްތަކެއްކަން ވެސް ޢާންމު ރައްޔިތުންނަށް ނުއެނގޭތީ މުސްލިމުންނަށް ތިބެންޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

އެކަމަށް ފާސްކޮށްފައިވާ ޤާނޫނުތަކުގެ ސަބަބުންް ހަމަޖެހުން ލިބެމުން އަންނަ ކަމަށް ސަރުކާރުތަކުން ބުނާ ބުނުމަށްވެސް ރިޕޯޓްގައިވަނީ ރައްދު ދީފައެވެ. ރިޕޯޓްގައި ބުނެފައިވަނީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާނަމަ ހަޤީޤީ ހަމަ ޖެހުމާއި އަމާންކަން ނުލިބޭނެ ކަމަށެވެ.

ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބެއިތިއްބުމުގެ ބަދަލުގައި ކަންކަން އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުމުގެ މުހިންމުކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދު އޮންލައިން