އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިނަށް ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި އިބޫ ސިންގަޕޫރާއި މެލޭޝިއާގައި އިދިކޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކާ ބައްދަލުކުރައްވައި ކެމްޕެއިން ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.
ސިންގަޕޫރަށް މިއަދު އިބޫ ފުރާ ވަޑައިގެންފައިވާއިރު، ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު އިބޫ ނިންމާލެއްވީ އިއްޔެއެވެ. އިބޫގެ ރަނިންމޭޓު ފައިސަލް ނަސީމް މިހާރު ހުންނެވީ ކެމްޕެއިން ދަތުފުޅެއްގައި އދ. އަތޮޅުގަ އެވެ.