އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފެންނަނީ ޚުދުމުޚުތާރު ވެރިކަމުގެ އެންމެ ޢާންމު ސިފަ ކަމަށެވެ. ވެރިކަން ނިމިދާނެހެން ހީވުމުން ވެރިކަމުގައި ތިބެ ކުރި ހުރިހާ ކުށަކާއި ޖެހިހާ ސަކަރާތެއް ޤާނޫނުގެ ތެރެއަށް ފެއްތުމަށް ޤާނޫނަށް ބަދަލު ގެނެސް، ލިޔެކިޔުން ނައްތާލާ، ހިސާބު އޮޅުވާލުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.
އަމީން މިމޭރުމުން ވިދާޅުވެފައިވާއިރު ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ އިސްލާމް ދީނުގައި ހަރާމްކަމެއްކަމަށް ޚުޠުބާތަކުގައި ކިޔަމުން އަދި އެފަދަ ކަންކަން ނުކުރުމަށް ޚުޠުބާތަކުގައި ގޮވާލަމުން ރިޝްވަތަކީ ކުށެއް ނޫން ކަމަށް ކަނޑައަޅަން ސަރުކާރުން "ފޫގަޅާލުމުން" ކަންބޮޑުވާ ކަމަށް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
Mifennanee khudhu mukhthar verikanthakuge enme aanmu sifa. Nimidhaanehen heevumun kurihaa kushakaa jehihaa sakaraatheh gaanoonuge thereah feththumah gaanoonah badhalgenes, liyekiyun naththaalaa hisaabu olhuvaalhun. Miadhu edhanee dheenavves furassaarakuramun. pic.twitter.com/evupaLk59N
— Ameen Ibrahim (@ameenmaldives) July 31, 2018