ޅެމުން ހިއްވަރުދިން ކަމަށްބުނެ ފަލަސްޠީނު އަންހެނަކު 5 މަހަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޅެމުން ހިއްވަރުދިން ކަމަށްބުނެ ފަލަސްޠީނު އަންހެނަކު 5 މަހަށް ޖަލަށް!

ޔަހޫދީ ސިފައިންނަށް ހަމަލާދޭން ޅެން ހަދައިގެން ހިއްވަރުދިން ކަމަށް ބުނެ އިޒްރޭލުގައި ދިރިއުޅޭ ފަލަސްޠީނު އަންހެނަކު 5 މަސް ދުވަހަށް ޖަލަށް ލުމަށް ޔަހޫދީންގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އުމުރުން 36 އަަހަރުގެ ޅެންވެރިޔާ، ދަރީން ތަތައުރުގެ މައްޗަށް ޙުކުމް އިއްވީ 2015 ވަނަ އަަހަރު އޭނާ ޢާންމުކޮށް ޝާއިއުކުރި ޅެންތަކުގައި އިޒްރޭލުން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާ ޔަހޫދީންގެ އަނިޔާވެރިކަން ބަޔާންކުރުމުގެ އިތުރުން ފަލަސްޠީނު ޒުވާނުން ޔަހޫދީ ފުލުހުންނާއި ދެކޮޅަށް ކުރާ ޖިހާދުގެ ފޮޓޯ އާއި ޔަހޫދީ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ އަނިޔާގެ ފޮޓޯ ޅެންތަކާއި ގުޅުވާފައި ހުރުމުން އެއީ ޓެރަރިޒަމަށް ހިއްވަރުދިނުން ކަމަށް ބަލައެވެ.

ދަރީން އަކީ ފަލަސްޠީނު ރައްޔިތުންނަށް ޔަހޫދީ ސިފައިން ކުރާ އަނިޔާތަކާ ދެކޮޅަށް ޢާންމުކޮށް އަޑުއުފުލައި ވަކާލާތުކުރާ އަންހެނެކެވެ. އަދި ފައުޅުގައި ޔަހޫދީ ސިފައިންނަށާއި ސަރުކާރަށް އަމާޒުކޮށް ބަޔާންތައް ދެމުން ގެންދާ ހިއްވަރު ގަދަ އަންހެނެކެވެ.
މިއަދު އޮންލައިން