ތުއްތު ދެދަރިން ކުރިމަތީގަ ކުރީގެ އަނބިމީހާ މަރާލުމަށްފަހު ފުުލުހަކު އަމިއްލައަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ތުއްތު ދެދަރިން ކުރިމަތީގަ ކުރީގެ އަނބިމީހާ މަރާލުމަށްފަހު ފުުލުހަކު އަމިއްލައަށް މަރުވެއްޖެ

ތުއްތު ދެދަރިންގެ ކުރިމަތީގައި ކުރީގެ އަނބިމީހާ މަރާލުމަށްފަހު ޑޮމިނިކަން ރިޕަބްލިކްގެ ފުުލުހަކު އަމިއްލައަށް މަރުވެއްޖެއެވެ.

އަންހެން މީހާގެ ބޭބެ ބުނީ ދެމަފަރިން ވަރިވެގެން ތިބޭތާ އަހަރެއްހައި ދުވަސް ވެދާނެ ކަމަށާއި ފިރިމީހާ ގެއަށް އައީ އެލަވަންސް ހަވާލުކުރުމަށް ކަމަށް ބުނެ ކަމަށެވެ.

"ގެއަށް އައިއިރު 3 އަހަރާއި 5 އަހަރުގެ ދަރިފުޅާ ކޮއްކޮ ތިބީ ގޯތި ތެރޭގަ. ކޮންމެވެސް ވާހހަކައެއް ދައްކާފަ ކުއްލިއަކަށް ރުޅިގަދަކުރީ. ޖީބުން ފިސްތޯލަ ނަގާ ހައކަ ވަޒަން ކޮއްކޮގެ މެއަށާ ބޮލަށް ފޮނުވާލާފަ އަމިއްލަ ބޮލަށް ވަޒަން ފޮނުވާލައިގެންމަރުވީ."

އޭނާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ ބަޑިޖަހާއަޑު އިވިގެން ނުކުތް އިރު ކޮއްކޮގެ ގައަށް ވަޒަންތައް ފޮނުވަނީ ކަމަށާއި ބެލީ ދެ ކުދިން ސަލާމަތް ކުރެވޭތޯ ކަމަށެވެ. "އޭނަގެ ކިބައިން ކޮއްކޮ ސަލާމަތްކުރަން އެހެން އަވަށަކަށް ބަދަލުކުރަންވެސް މަސައްކަތްކުރިން. ކޮއްކޮ ޤަބޫލު ނުވެގެން އެކަން ނުކުރެވި ލަސްވީ. މިއަދު ކޮއްކޮ ގެއްލިގެން މިދިއައީ." އަސަރާއިއެކު އޭނާ ބުނެފައިވެއެވެ.
މިއަދު އޮންލައިން