ދަރިވަރުންގެ ބަރަހަނާ ފޮޓޯތަކެއް ގެންގުޅުނު ޓީޗަރަކު 23 އަހަރަށް ޖަލަށް!
ދަރިވަރުންގެ ބަރަހަނާ ފޮޓޯތަކެއް ގެންގުޅުނު ޓީޗަރަކު 23 އަހަރަށް ޖަލަށްލުމަށް ވަރޖިނިއާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
އޭޖީން ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ އުމުރުން 57 އަހަރުގެ ޓީޗަރު (ފިރިހެނެއް)ގެ ފޯނުންނާއި އޭނާ ގެންގުޅުނު ވަސީލަތްތަކުން 100 އަށްވުރެ ގިނަ ފޮޓޯ ފެނިފައިވާ ކަމަށެވެ. އެހެންކަމުން މިތަކެއްޗަކީ ވިޔަފާރިއަކަށް ނުވަތަ އެފަދަ ބޭނުމަކަށް އެއްކޮށްފައި ހުރިތަކެތިކަމަށް ބެލެވޭ ކަމަށެވެ.
ފޮޓޯތަކުން ފެންނަ ކުދިން އެނގި އުމުރު ދެނެގަނެވިއްޖެނަމަ އިތުރު ޙުކުމްތަކެއް އިއްވާނެއެވެ. ވަރޖިނިއާގެ ޤާނޫނު ބުނާ ގޮތުން ސްކޫލް އާއިމެދު ފިޔަވަޅު އަޅާނީ ސްކޫލަށް އެކަން އެނގި ފިޔަވަޅު އެޅުން ލަސްވެއްޖެނަމަ އެވެ. ބެލެނިވެރިން ގެންދަނީ ސްކޫލް އިހްމާލްވެފައިވާ ކަމަށް ބުނެ މައްސަލަ ޖައްސަމުންނެވެ.
ކުޑަކުދިންނާ ބެހޭ މިފަދަ މައްސަލަތަކުގައި އެމެރިކާގެ ކޯޓުތަކުން ގެންދަނީ ދިގު މުއްދަތުގެ ޙުކުމްތައް އިއްވަމުންނެވެ. ދާދިފަހުން ޖިމްނާސްޓިކް ޓީމެއް ބަލަހައްޓާ ޑޮކްޓަރަކަށް ވަނ 70 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. އެމެރިކަން އައިޑޮލްގެ ފައިނަލިސްޓަކަށް ވަނީ 60 އަހަރުގެ ޖަލުހުކުމެއް އިއްވައިފައެވެ.