ރައްޔިތުންގެ މަޖިލިސް ކުރާގޭ ކައިރިއަށް ނުދެވޭ ގޮތަށް މިއަދު ހެނދުނު ފުލުހުން ބެރިކޭޑް ޖެހީ ބައަކު މަޖިލީހަށް ހަމަލާދޭން އުޅޭތީތޯ މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ސުވާލުކުރައްވައިފިއެވެ.
ފުލުހުން އެ ސަރަހައްދުގައި ބެރިކޭޑޗ ޖަހައި ބަންދުކޮށް ބެލެހެއްޓުން އަމިތު ސިފަކުރައްވާފައި ވަނީ ތައްޔާރީ ހާލަތަކަށް ގެނައުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް މަޖިލީހުން ހުރަސްއަޅަމުން ގެންދާ 12 މެންބަރުން، މަޖިލީހުގެ މިއަދު ޖަލްސާއަށް ވަންނަން މަސައްކަތްކުރާނެ ކަމަށް 12 މެންބރުންގެ ފަރާތުން ވަނީ ބުނެފައެވެ.
ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން މިއަދު ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ރަައްޔިތުންގެ މަޖިލީހުން ބުނި ނަމަވެސް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ސްޕްރީމް ކޯޓުގެ އެންމެ ފަހު ޙުކުމުންވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
"ސްޕްރީމްކޯޓުން ވަރަށް ސާފުކޮށް ބުނި 12 މެންބަރުންގެ ގޮނޑިއާމެދު އެއްވެސް ގޮތެއް އެ ކޯޓުން އަދިމިހައިތަނަށް ނިންމާފައި ނުވާ ކަމަށް. ސްޕްރީމް ކޯޓުން ގޮތެއް ނިންމަނީސް ގޮނޑި ގެއްލޭނެ އެއްވެސް ގޮތެއް ޤާނޫނަކު ނޯންނާނެ. ވީމާ 12 މެންބަރުން މަޖިލީހަށް ވަނަނުދީ ހުރަސްއެޅުމަކީ ހަމަ މިސަރުކާރުގެ އަނިޔާވެރިކަން ރައްޔިތުންނަށް ދައްކަން ވަރަށް ޚުދުމުޚުތާރުކަމާއެކު ކުރާ ކަމެއް." ކަމަށްވެސް ސައުދު ވިދާޅުވިއެެވެ.
ދައުލަތުގެ އެދުމަށް ސްޕްރީމް ކޯޓުން ވަނީ 1 ފެބްރުއަރީގެ އަމުރުގައި 12 މެންބަރުންނާއިމެދު ކޮށްފައިވާ އަމުރު އަނބުރާ ނަގައިފައެވެ. އަދި ބުނެފައިވަނީ 12 މެންބަރުންގެ މައްސަލަތަކުގައި ވަކިވަކި ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށެވެ. ސްޕްރީމް ކޯޓުގައި މައްސަލަ އޮންނަތާ އަހަރަކަށްވުރެ ގިނަވާއިރު އަދި މިއީ ދިވެހި ރައްޔިތުންގެ 20 އިންސައްތަ ރައްޔިތުންނާއި ގުޅުންހުރި މައްސަލައަކަށްވާއިރު ސްޕްރީމް ކޯޓަށް ގޮތެއް ނުނިންމިގެން އުޅެނީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް 12 މެންބަރުން ގެންދަނީ ބުނަމުންނެވެ.
Majliah #terrorist hamala eh dheyn miadhu bayaku ravaafa otheebaa, @PoliceMV in mulhi #Majilis himeney sarahadhdhu babdhu koh, thayyaaree haalathakah aisgen mi ulhenee!. pic.twitter.com/LVHWHF1ZiZ
— Mohamed Ameeth (@MohamedAmeeth) August 1, 2018