ޓެރަރިސްޓުން ކަމަށް ބަލައި 291 ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގަ!
މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބަލައިފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސަރުކާރުން ޓެރަރިސްޓުން ކަމަށް ބަލައި 291 ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން އިޒްރޭލުގައި ހުއްދަ ނެތި އުޅުނު ކަމަށްބުނެ އިތުރު 6 ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
އިޒްރޭލުގައި ހަރަކާތްތެރިވާ ރައިޓްސް ގްރޫޕުން މި މޭރުމުން ހާމަކޮށްފައިވާއިރު ހަމަ އެގްރޫޕް ގެ ރިޕޯޓުގައި ބުނެފައިވަނީ ޔަހޫދީންގެ ޖަލުތަކުގައި މިހާރުވެސް ހަތް ލައްކައަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ބަންދުކޮށްފައި އެބަ ތިބި ކަމަށާއި މީގެ ތެރެއިން ޔަހޫދީ ކޯޓަކުން ނަމަވެސް ކުށްވެރިވާ ކަމަށް ޙުކުމް އިއްވާފައިވަނީ ވަރަށް މަދު މީހެއްގެ މައްޗަށް ކަމަށެވެ.
އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނު ސަރުކާރުގެ މުނިސިޕަލިޓީ ޚިދުމަތަށް ނިޞްބަތްވާ 3 އޮފިޝަލުން ވެސް ހިމެނެއެވެ.
ކުޑަކުދިންނަށް އަނިޔާކުރުމާއި ހިފައި ހައްޔަރުކުރުމާއި އދ އާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ނަމަވެސް ފަލަސްޠީނުގެ 300 ވަރަކަށް ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވީނަމަވެސް ކަންބޮޑުވާ ފަރާތެއް ނުފެންނަކަން ފާހަގަކުރެވެއެވެ.
އދ އިން ވެސް ބަޔާން ނެރުން ފިޔަވައި ކުރާ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ.