އަދުރޭ މަޖިލީހަށް ހުށަހެޅި ޤާނޫނުލްޢުޤޫބާތަށް އިސްލާޙް ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފި
ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) މަޖިލީހަށް ހުށަހެޅި ޤާނޫނުލްޢުޤޫބާތަށް އިސްލާޙް ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފިއެވެ.
ބިލް ހުށަހަޅުއްވަމުން އަދުރޭ ވިދާޅުވީ މިފަދަ އިޞްލާޙްތަކެއް ހުށަހެޅުއްވީ ކޮރަޕްޝަނުގެ މައްސަލަތައް ރާއްޖޭގައި އިތުރުވެ ޒަމާނީ ގޮތްތަކަށް ބަދަލުވަމުންދާތީ ބިލް ޑްރާފްޓް ކުރައްވާފައިވާނީ މިހާރުގެ ޙާލަތަށް ފެތޭ ގޮތަށް ކަމަށެވެ.
އަދުރޭ ވިދާޅުވީ ބިލުގައި ހިމެނިފައިވާނީ މައިގަނޑު 3 ބާބެއް ކަމަށެވެ. އަދި އެބާބުތަކުގައި ހިމެނޭ މާއްދާތަކުގައި ތަފްބީލްތައް ހުންނާނެ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވީ 25 މެންބަރުންނެވެ. ބިލް ބަލައިގަތީ 24 މެންބަރުންގެ އިއްތިފާޤުންނެވެ.
އަދުރޭ ވިދާޅުވީ ކޮރަޕްޝަނަކީ ކުށެއް ނޫން ކަމަށް މިސަރުކާރުން ނުހަދާނެ ކަމަށާއި އެކަން ކުރަން ބޭނުންވަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
ޢާންމުންނާއި ހަމައަށް ބިލު ހުށަހެޅިފައި ނުވި ނަމަވެސް ބިލް ހުށަހެޅީ މިއަދު ނޫން ކަމަށެވެ. ނަމަވެސް ބިލް ހުށަހެޅި ތާރީޚް ވިދާޅުވެފައެއް ނުވެއެވެ.