ރީރަޖިސްޓްރީ ކުރުމަށް މިހާތަނަށް 24،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އަނަން މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ރީރަޖިސްޓްރީ ކުރުމަށް ރޭގެ ނިޔަލަށް 24،000 ފޯމު ލިބިފައިވާ ކަމަށެވެ.
އަދި ހުށަހެޅިފައިވާ 24،000 ފޯމު ކޮމިޝަންގެ ސިސްޓަމަށް އެންޓަކޮށް ސްލިޕްކޮޅުވެސް ދޫކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް 70،000 މީހުން ރީ-ރެޖިސްޓަރީ ކުރާނެ ކަމަށް ބެލެވޭ އިރު، ރީ-ރެޖިސްޓަރީ ކުރުމުގެ އެންމެފަހު ތާރީޚަކީ މި މަހުގެ 12 ވަނަ ދުވަހެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބިފައިވާާއިރު އިންތިޚާބުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީބުނެފައެވެ.