ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ރީރަޖިސްޓަރީ ކުރުމުގައި އެހީތެރިވުމަކީ ހިތްވަރުދޭކަމެއް: އެލްއާރްއޯ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ރީރަޖިސްޓަރީ ކުރުމުގައި އެހީތެރިވުމަކީ ހިތްވަރުދޭކަމެއް: އެލްއާރްއޯ
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ރީރަޖިސްޓަރީ ކުރުމުގައި އެހީތެރިވުމަކީ ހިތްވަރުދޭ ކަމެއްކަމަށްލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޯ) އިން ބުނެފި އެވެ.

އިއްޔެގެ ތާރީހުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރީރަޖިސްޓްރީ ކުރުމަކީ ވޯޓުލުމަށް މީހުން ނުކުތުމަށް ދެވޭ ހިއްވަރެއް ކަމަށެވެ. އެހެންކަމުން ރީރަޖިސްޓްރީ ކުރަންޖެހޭ މީހުން ރީރަޖިސްޓްރީ ވުމަށް އެހީތެރިވުމާއި، ރީރަޖިސްޓްރީ ކުރުމުގައި ކުންފުނިތަކާ އޮފީސްތަކުގެ މުވައްޒަފުން މަސައްކަތް ކުރުމަކީ ލޭބާ ރިލޭޝަންސް އޮތޯރިޓީން ހިތްވަރުދޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ލައްވާ ސިޔާސީ މަސައްކަތް ކުރުވާނަމަ ފިޔަަވަޅު އަޅާނެ ކަމަށް އެއޮތޯރިޓީން ބުނެފައިވާ ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ޝާއިއު ކޮށްފައިވާ ހަބަރުތަކަކީ ލޭބާ އޮތޯރިޓީން ދީފައިވާ މައުލޫމާތު އޮޅޭފަދަ ގޮތަކަށް ލިޔެފައިވާ ހަބަރުތަކެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިބަޔާނުގައި ބުނެފައި ވެއެވެ.

މިއަދު އޮންލައިން