ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައި ހުންނެވި ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން ދެ އަހަރު ފަހުން އުވާލައިފި އެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާޒީ ހަސަންސައީދުގެ މައްސަލަ ނުބެލުމަށް އެ ކޮމިޝަނުން މިހާރު ނިންމާފައި ވާތީ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ހަސަން ސައީދުގެ މައްސަލައެއް ބަލަން ފެށީ ފެމިލީ ކޯޓުގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައެއްގައި ހައިކޯޓަށް އައްޔަން ކުރި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް މީހުން ކަމަށް އޭނާ ވާހަކަ ދައްކަވާފައިވާ ކަމުގެ ތުހުމަތުގަ އެވެ.
2016 ވަނަ އަހަރުގެ ކުރީކޮޅު، ގާޒީ ހަސަން ސަސްޕެންޑު ކުރީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަމުންދާތީ އެ މައްސަލަ ނިމެންދެންނެވެ.