ގެދޮރު ބޭނުންވެގެން ތިބި އެންމެންނަށް ގެދޮރު ލިބޭ މަޝްރޫއަށް 7 އޮގަސްޓްގަ ފުރުޞަތު ހުޅުވާލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ގެދޮރު ބޭނުންވެގެން ތިބި އެންމެންނަށް ގެދޮރު ލިބޭ މަޝްރޫއަށް 7 އޮގަސްޓްގަ ފުރުޞަތު ހުޅުވާލަނީ
ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެގެން ތިބި އެންމެންނަށް ބޯހިޔާވަހިވަހިކަން ފޯރުކޮށްދޭން ކުރިއަށް ގެންދާ ހިޔާ އެކޮމްޕޮލިޝްޑް މަޝްރޫއަށް އެދި ފޯމް ހުށަހެޅުމަށް މިމަހުގެ 7 ވަނަ ދުވަހު ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިއަދު ވިދާޅުވީ މިމަޝްރޫއުން ގޯއްޗާއި ފްލެޓަށް އެދުމަށް ބޭނުންވަނީ އެންމެ 2 ޝަރުޠު ކަމަށެވެ. އެއީ 18 އަހަރުފުރިފައިވާ ދިވެހިރައްޔިތަކަށްވުމާއި އެމީހެއްގެ ނަމުގައި 1000 އަކަ ފޫޓުގެ ގޯއްޗެއް ނުވަތަ ތަނެއް ނެތުން ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މަޝްރޫއު ކުރިއަށް ކުރިއަށް ގެންދަނީ ގުޅިފަޅު އެކުގައި ހިއްކައިގެން ކަމަށެވެ. ހިއްކައި ނިމުމުން 230 ހެކްޓަރުގެ ބިން ލިބޭނެ ކަމަށާއި އެތަނުން 130 ހެކްޓަރުގައި 82،000 ފްލެޓް އަޅާނެ ކަމަށެވެ. މީގެ އިތުރުން ފުށި ދިއްގަރު ފަޅު ހިއްކައި 800 ހެކްޓަރުގެ ބިން ހިއްކުމަށްފަހު މިމަޝްރޫއުގެ ތެރެއިން 1،000 އަކަ ފޫޓުގެ ގޯތި ދޫކުރާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މމަޝްރޫއަށްޓަކައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅައިލަންވެސް ސަރުކާރުން ވަނީ ނިންމާފައިވާކަންވެސް ވަނީ އިއުލާނުކޮށްފައެވެ.
މިއަދު އޮންލައިން