މަތީ ފާސްތައް ހިފައިގެން އުޅޭ މީހުން ބައިވަރު - މަދީ އިޚްލާޞްތެރި، ތެދުވެރި، އަމާނާތްތެރިން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މަތީ ފާސްތައް ހިފައިގެން އުޅޭ މީހުން ބައިވަރު - މަދީ އިޚްލާޞްތެރި، ތެދުވެރި، އަމާނާތްތެރިން: ޝައިޚް ޢަލީ ޒައިދު
މިޒަމާނުގައި ސަރޓިފިކެޓް ނަގައިގެން މަތީފާސްތައް ހިފައިގެން އުޅޭ މީހުން ބައިވަރުކަމަށާއި މަދީ އިޚްލާޞްތެރި، ތެދުވެރި، އަމާނާތްތެރިންނާއި ކަމެއް ޙަވާލުކުރީމާ މަކަރުނަހަދާ މީހުންނާއި ދޮގުނުހަދާ ޚިޔާނާތް ނުވާ މީހުން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ތައުލީމީ ފެންވަރާއިމެދު ސަރުކާރަށް ތާއީދުކުރާ މީހުން ސުވާލު އުފައްދަމުން ގެންދާ ވަގުތެއްގައެވެ.

އިބޫގެ އަތްޕުޅުގައި މިޒަމާނުގެ އެންމަތީ ތައުލީމީ ފާސްތަކެއް ނެތް ނަމަވެސް އިބޫ އަކީ ތެދުވެރިކަމާ އިޚްލާޞްތެރިކަމުގައި އަދި ހިތްހެޔޮކަމާ އޯގާތެރިކަމުގަ ނަމޫނާ ދައްކަވަމުން އަބަދުވެސް ގެންދަވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރާ ބޭފުޅެކެވެ. އަދި ލީޑަރޝިޕް ދެއްކުވުމުގައި ނަމޫނާ ބޭފުޅެއްކަމަށްވެސްގިނަބައަކު ދަނީ ބުނަމުންނެވެ.

"މިޒަމާނުގައި ސަރޓިފިކެޓް ނަގައިގެން މަތީފާސްތައް ހިފައިގެން އުޅޭ މީހުން ބައިވަރެވެ. މަދީ އިޚްލާޞްތެރި، ތެދުވެރި، އަމާނާތްތެރިންނެވެ! ކަމެއް ޙަވާލުކުރީމާ މަކަރުނަހަދާ މީހުންނެވެ! ދޮގުނުހަދާ ޚިޔާނާތް ނުވާ މީހުންނެވެ!"



މިއަދު އޮންލައިން