ކަލަންޑަރުގައި ވާގޮތަށް ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓަށް ވެއްޖެނަމަ 19 އޮގަސްޓް ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، މެދުކެނޑުމެއްނެތި މުވައްޒަފުންނަށް އަޟްޙާ ޢީދު ބަންދު ދުވަސްތައް ލިބިދިނުމައްޓަކައެވެ
މި ގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން އަޟްޙާ ޢީދު ބަންދަށްފަހު ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ 26 އޮގަސްޓް ވާ އާދިއްތަ ދުވަހުއެވެ.