ދަރިން ހެޔޮ ގޮތުގަ ތަރުބިއްޔަތު ކުރުމަށްވެސް ޢިލްމާ ތަޖުރިބާ ވަރަށް މުހިންމުވާނެ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަރިން ހެޔޮ ގޮތުގަ ތަރުބިއްޔަތު ކުރުމަށްވެސް ޢިލްމާ ތަޖުރިބާ ވަރަށް މުހިންމުވާނެ: ޝައިޚް ޢަލީ ޒާހިރު

ކޮންމެ ކަމެއް ކާމިޔާބުކުރުމުގައިވެސް ޢިލްމާއި ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށްވެސް ޢިލްމާ ތަޖުރިބާ ވަރަށް މުހިންމުވާނެކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު މައިން ބަަފައިންނަކީ ދަރިންނަށް އިސްލާމް ދީން އުނގަންނައިދީ ތަރުބިއްޔަތު ކުރެވޭ ވަރުގެ ބައަކަށް ވުމަށް އިސްލާމް ދީން ބާރުއަޅާކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާން ކުރައްވަމުންނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޢިލްމާއި އެއްވަރަށް އިޚްލާޞްތެރިކަން ވެސް ބޭނުންވާ ކަމަށެވެ. އެކަމުގެ ހެކިތައް ރާއްޖެއިންވެސް ދަނީ ފެންނަމުން ކަމަށާއި ރާއްޖޭގައި ތިއްބެވި އެންމެ އިލްމީ އަދި ތަޖުރިބާކާރު ބައެއް ބޭފުޅުންގެ ދަރިން އިސްލާމް ދީން ދޫކޮށްފައިވުމާއި އިސްލާމް ދީނަށް އަމަލު ނުކުރުން ފަދަ ކަންކަމުން އިޚްލާޞްތެރިކަމުގެ މުހިންމުކަން ހާމަވާކަމަށް ޢިލްމްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

"ކޮންމެ ކަމެއް ކާމިޔާބުކުރުމުގައިވެސް ޢިލްމާއި ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ދަރިން ހެޔޮ ގޮތުގަ ތަރުބިއްޔަތު ކުރުމަށްވެސް ޢިލްމާ ތަޖުރިބާ ވަރަށް މުހިންމުވާނެއެވެ."
މިއަދު އޮންލައިން