ޢާއިލާގެ މީހެއް ނޫން ނަަމަވެސް މީހެއްގެ ބަދަލުގައި ހައްޖުގެ އަޅުކަން އަދާކޮށްދެވިދާނެ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޢާއިލާގެ މީހެއް ނޫން ނަަމަވެސް މީހެއްގެ ބަދަލުގައި ހައްޖުގެ އަޅުކަން އަދާކޮށްދެވިދާނެ: ޝައިޚް ޢަލީ ޒާހިރު

މީހެއްގެ ބަދަލުގައި ހައްޖުވަމަކީ ހަމައެކަނި އެމީހާގެ ޢާއިލާގެ މީހުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ތިމާގެ ފަރުޟު ޙައްޖު އަދާކޮށްގެން ހުރި ހުރި ކޮންމެ މީހަކަށް ވެސް އެކަން ކޮށްދެވިދާނެ ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

"ސުވާލު: މީހެއްގެ ބަދަލުގައި ހައްޖުގެ އަޅުކަން އަދާކޮށްދެވޭނީ ހަމައެކަނި ޢާއިލާގެ މީހަކަށްތޯ؟

ޝައިޚް ޢަލީ ޒާހިރުގެ ޖަވާބު: ޢާއިލީ މީހަކަށް ވާކަށް ނުޖެހެއެވެ. ތިމާގެ ފަރުޟު ޙައްޖު އަދާކޮށްފަަ ހުރި ކޮންމެ މީހަކަށް އެކަން ކޮށްދެވިދާނެ."

ޢާއިލާގެ މީހެއްގެ ބަދަލުގައި މީހަކު ހައްޖަށް ފޮނުވާނަމަ ޢާއިލާގައި އެކަން ކޮށްދެވޭވަރުގެ މީހަކު ހުރިނަމަ އެމީހަކަށް ބައެއް ޢާއިލާތަކުން ފުރުޞަތު ދެނީ ޢާއިލާގެ އެމީހާއަށްވެސް އެކަމުން ސަވާބު ލިބޭނެތީ އެ ދަރުމަ ޢާއިލާގެ މީހާއަށް ހޯދައިދިނުމަށް އިސްކަން ދިނުމުގެ ގޮތުންނެވެ.




މިއަދު އޮންލައިން