އިބޫ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޟްވާން ގެއްލުވައިލި މައްސަލައިގެ ޝަރީޢަތް ނިމި، ރިޟްވާންގެ ޢާއިލާއަށް އިންޞާފް ނުލިބުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ކޯލިޝަންގެ ސަރުކާރެއްގަ އިރާދަކުރެއްވިއްޔާ މިމައްސަލައިގެ ދެފުށް ފެންނަ، މިނިވަން، އިންސާފުވެރި، އިތުބާރު ހިފޭ ތަޙްޤީޤެއް ހިންގޭނެ ކަމަށެވެ.
ރާއްޖޭގައި މީހުން މެރުމަކީ ޢާންމު ކަމެއް ނަމަވެސް މީހުން ވަގަށް ނެގުމާއި ގެއްލުވައިލުމަކީ ހިނގާ ކަމެއް ނޫނެވެ. ރިޟްވާން ދިރިއުޅޭ ގެއިން ބައަކު ނެރެގެން ގަދަކަމުން ގެންދިއަކަން އެނގޭއިރު މިއަދާއި ހަމައަށްވެސް އެކަމުގައި އިންޞާފު ނުލިބޭކަމަށް ބުނެ ޢާއިލާއިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
"ރިޟްވާން ގެއްލުވައިލި މައްސަލައިގެ ޝަރީޢަތް ނިމި، ރިޟްވާންގެ ޢާއިލާއަށް އިންޞާފް ނުލިބުނުކަމީ ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރެއްގަ އިރާދަކުރެއްވިއްޔާ މިމައްސަލައިގެ ދެފުށް ފެންނަ، މިނިވަން، އިންސާފުވެރި، އިތުބާރު ހިފޭ ތަޙްޤީޤެއް ހިންގޭނެ."
Rilwan gelluvaali massalaige shareeaiy nimi, Rilwan ge aailaa ah insaafu nilubunukamee varah hithaama kuraa kameh. Alhugadumen ge sarukaarehgai iraadhakureviyya mi massalaige dhefuh fenna, minivan, insaafveri ithubaaru hifey thahqeegeh hingeyne.
— Ibrahim Mohamed Solih (@ibusolih) August 2, 2018