ﷲ ގެ ނުރުއްސެވުމުގެ ތެރެއިން މީސްތަކުންގެ ރުހުން ހޯދައިފި މީހާ ދެކެ ﷲ ކޯފާވެވޮޑިގަންނަވާ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ﷲ ގެ ނުރުއްސެވުމުގެ ތެރެއިން މީސްތަކުންގެ ރުހުން ހޯދައިފި މީހާ ދެކެ ﷲ ކޯފާވެވޮޑިގަންނަވާ: ޝައިޚް އިލްޔާސް
"މީހުންގެ ނުރުހުމުގެތެރެއިން ﷲ ތަޢާލާގެ ރުއްސެވުން ހޯދައިފި މީހާ ދެކެ ﷲ ރުހިވޮޑިގަންނަވައެވެ. އަދި މީސްތަކުން އޭނާ ދެކެ ރުހެއެވެ. ﷲ ގެ ނުރުއްސެވުމުގެ ތެރެއިން މީސްތަކުންގެ ރުހުން ހޯދައިފި މީހާ ދެކެ ﷲ ކޯފާވެވޮޑިގަންނަވައެވެ. އަދި މީސްތަކުން ވެސް އޭނާ ދެކެ ނުރުހެއެވެ."

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ޓްވީޓް ކުރައްވަވާފައިވާ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅެކެވެ.

މި ޙަދީޘްފުޅަށް ބަލާއިރު ބައަކު ކިތަންމެ ނުރުހުނު ނަމަވެސް ﷲ ތަޢާލާގެ ރުއްސެވުން ހޯދައިފި މީހާ ދެކެ ﷲ ރުހި ވޮޑިގަންނަވައެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމާއިއެކު މީސްތަކުން އޭނާ ދެކެ ރުހެއެވެ.

ހަމައެފަދައިން ﷲ ގެ ނުރުއްސެވުމުގެ ތެރެއިން މީސްތަކުންގެ ރުހުން ހޯދައިފި މީހާ ދެކެ ﷲ ކޯފާވެވޮޑިގަންނަވައެވެ. އަދި މީސްތަކުން ވެސް އޭނާ ދެކެ ނުރުހެއެވެ. އެމީހަކަށް ނަފްރަތުކޮށް އެމީހަކު ދެކެ ރުޅި އާދެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ އަޅުގަނޑުމެންނަށް އޮތީ ﷲ ތަޢާލާގެ ރުއްސެވުން ހޯދަން ގަދައަޅައި މަސައްކަތްކުރުން ކަމަށާއި ﷲ ތަޢާލާގެ ރުއްސެވުން ލިބޭނީ އަދުލުވެރިވެ، ވައްކަން ނުކޮށް، މީސްތަކުންގެ ހައްޤުތަކަށް އަރައިނުގަނެ އަދި ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުންމަތީގައި ދެމިހުރެގެން ކަމަށެވެ.

މިއަދު އޮންލައިން