އެއްވެސް މީހެއްގެ ނުފޫޒެއް އަޅުގަޑުގެ މައްޗަށް ނުހިނގާނެ: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެއްވެސް މީހެއްގެ ނުފޫޒެއް އަޅުގަޑުގެ މައްޗަށް ނުހިނގާނެ: އިބޫ
ވަކި މީހެއްގެ ނުފޫޒު އެމަނިކުފާނުގެ މައްޗަށް ނުހިނގާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިންގަޕޫރާއި މެލޭޝިއާ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމާލެވުމަށްފަހު މިއަދު މާލެ ވަޑައިގަތުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނަކީ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާތީ ޕާޓީ ތަކުން އެއްބަސްވެފައިވާ އެއްބަސްވުމަށް އަމަލުކުރައްވާނެ ކަމަށާއި ވަކި މީހެއްގެ ނުފޫޒު އެމަނިކުފާނުގެ މައްޗަށް ނުހިނގާނެ ކަމަށެވެ.

އިބޫ މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެމަނިކުފާނުގެ މައްޗަށް އެމްޑީޕީއާއި ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މިއަދު މާލެ ވަޑައިގެންނެވިއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސިންގަޕޫރާއި، މެލޭޝިއާ، އިންޑިއާ، ސްރީލަންކާ އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓްލުމަށް އެ ގައުމުތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައެވެ.

އިބޫ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ސިންގަޕޫރާއި މެލޭޝިއާގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމުތަކާ ބައްދަލުކުރެއްވިއިރު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް ރީރަޖިސްޓްރީ ކުރަަން ހުށަހަޅާ ފޯމުތައް ރަޖިސްޓްރީ ނުވެ ގިނަ ދުވަސްވަމުންދާ ކަަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
މިއަދު އޮންލައިން