އިހަވަންދު ކައުންސިލް ރައީސް ހައްޔަރުކޮށް ކައުންސިލް މެންބަރުންގެ ފޯނު އަތުލައިފި

ކިޔުމަށް ހޭދަވާނީ 45ސ
އިހަވަންދު ކައުންސިލް ރައީސް ހައްޔަރުކޮށް ކައުންސިލް މެންބަރުންގެ ފޯނު އަތުލައިފި
ހއ. އިހަވަންދޫ ކައުންސިލުގެ ރައީސް ހައްޔަރުކޮށް، ފަސް ކައުންސިލަރުންގެ ފޯނު ފުލުހުން އަތުލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލު ރައީސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.



އެރަށުގެ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހުރިހާ މެންބަރުން، ތިން މަސް ދުވަހުގެ މުއްދަތަކަށް މިދިޔަ މެއި މަހުން ފެށިގެން ވަނީ ސަސްޕެންޑު ކޮށްފައެވެ. ލޯކަލް ގަވަމެންތް އޮތޯރިޓީ (އެލްޖީއޭ) އިން އެބޭފުޅުން ސަސްޕެންޑުކުރީ ހައުސިން މިނިސްޓްރީގެ މުވައްޒިފުންގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ބުނެ މުސާރަ ވެސް ނުލިބޭ ގޮތަށެވެ.

މިއަހަރުގެ ޖެނުއަރީ މަހު ވެސް އެކައުންސިލަރުން ސަސްޕެންޑު ކޮށްފައިވާއިރު، މިފަހަރު އެބޭފުޅުންގެ ފޯނު އަތުލައި ކައުންސިލު ރައީސް ހައްޔަރުކުރި ސަބަބު އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން