އުރީދޫގެ ތޭރަ ވަނަ އަހަރީ ދުވަހުގެ އުފަލުގައި، އެކުންފުނީގެ ބްރޭންޑް އެމްބެސަޑަރުން ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއިއެކު ވަރަށް ފޯރިގަދަ ފުޓުބޯޅަ މެޗުތަކެއް ކުޅެފިއެވެ.
މިގޮތުން، އުރީދޫ މޯލްޑިވްސް އަދި ނިއު ރޭޑިއަންޓުގެ މެނޭޖްމަންޓް ޓީމް ތަކުގެ މެދުގައި މެޗެއް ކުޅެފައިވާ އިރު، އުރީދޫގެ ސްޓާފުންނާއި ނިއު ރޭޑިއަންޓު ޓީމްގެ ކުޅުންތެރިންވެސް ވަނީ ވަރަށް ފޯރިގަދަ މެޗެއްގައި ބައްދަލުކޮށްފައެވެ. މި ކުލަގަދަ އިވެންޓުގައި، އުރީދޫގެ ބްރޭންޑް އެމްބެސަޑަރުން ކަމުގައިވާ ހަބޭސް ބޮޑުބެރު ގްރޫޕް، އަދި އެންޑިއުރަންސް އެތްލީޓް އަހުމަދު އާތިފްވެސް ވަނީ ބައިވެރިވެފައެވެ.
ފާއިތުވެދިއަ އަހަރު ތަކާއި އެއްފަދައިން، އުރީދޫގެ އަހަރީ ދުވަސް ދިވެހި ރައްޔިތުންނާއި އެކު ފަހަގަ ކުރުމަށް މުޅި އޮގަސްޓް މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.