ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެންބަރުކަމަށް ޚަދީޖާ ޙުސައިން ޢައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެންބަރުކަމުން ދަފްތަރު ނަންބަރު 5095، އަލްފާޟިލާ ޚަދީޖާ ޙުސައިން މިއަދު ވަކިކުރައްވައި ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 11/2018 (2 އޮގަސްޓު 2018) އިން އެ ކޮމިޝަނުގެ މެންބަރުކަމަށް ބ.އޭދަފުށި، ދިގަލި އަލްފާޟިލާ މަޢުޞޫމާ ޔޫސުފް ޢައްޔަން ކުރައްވައިފިއެވެ.