ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޮލަށް ވަޅި ހަރައިފި އެވެ.
ވަޅި ހެރުމުންޒަޚަމްވި 22 އަހަރުގެ އެ ޒުވާނާ 9:30 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންނެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެޒުވާނާއަށް މިހާރު އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސްއެއް ނޫން ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.