ރާއްޖޭގެ ރިޒޯޓެއްގައި ހަދައިގެން އުޅޭ ބުދުކޯލުން އަދިވެސް އެންމެ ބުދެއްވެސް ނުނަގާ ކަމަށް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. "ނުވެސް ނަގާނެ. އަހަރެމެންނަށް އެނގިފަ އޮތް ގޮތުން އެތަން ހެދީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން. އެހެންވެ ރިޒޯޓުން ބުނަނީ ބުދުތައް ނަގާނީ ބަދަލު ދިނީމަ ކަމަށް." ކަމުގައި ވެސް އެތައް ބައަކު ދަނީ ބުނަމުންނެވެ.
ބުދުތައް ބެހެއްޓުމާއި ގުޅިގެން މީޑިއާތަކުގައި ކަންބޮޑުވުން ފައުޅުކުރަން ފެށުމުން ބުދުތައް 24 ގަޑިއިރު ތެރޭގައި ނަގަން ސަރުކާރުން އަންގާފައިވާ ކަމުގެ ޚަބަރުތަކެއް ސަރުކާރުން ާޢާންމުކުރިއެވެ. އެ ޚަބަރާއި ގުޅިގެން ސަރުކާރުގެ ނިންމުމަށް ދީނީ ބައެއް އިލްމުވެރިން ވަނީ މަރުޙަބާ ވިދާޅުވެ ސަނާ ވިދާޅުވެފައެވެ.
ގިނަ ބައަކު ބުނަމުން ގެންދަނީ ބުދުތައް ނަގަން އަންގާ ކަމަށް ބުނުމަކީ ބުދުތައް ނެގޭ ކަމެއް ނޫން ކަމަށާއި ނެގޭނީ ނެގީމައި ކަމަށެވެ. ނުނަގާނަމަ ބުދުތައް ހަމަ އެހުރި ތަންތަނުގައި ހުންނާނެ ކަމަށެވެ.
އެއާއި ވިދިގެން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެ ބުދުތައް ނަގަން ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަމަށާއި އެއީ އެހައި ކުރަން ފަސޭހަ މަސައްކަތްތަކެއް ނޫން ކަމަށާއި އެކަމަށް މުއްދަތެއް ނަގާނެ ކަމަށެވެ. ބުދުތައް ނަގައި ނިމެންދެން ތަނުގެ ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވެފައިވަނީ ބުދުތައް ބަހައްޓާފައިވަނީ ސަރުކާރުން ހުއްދަ ނަގައިގެން ނޫން ކަމަށެވެ. އަދި މިހައިތަނަށް އެއްވެސް ބުދެއް ނެގިކަން އެއްވެސް ފަރާތަކުން ހާމަކޮށްފައިވާކަން އެނގިފައެއް ނުވެއެވެ.