ކ. ތިލަފުށި ގައި މިއަދު ކޮމްޕްރެސަރެއް ގޮވާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކަށާއި ދެ ބިދޭސީ އަކަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:34 ހާއިރުއެވެ.
ޒަޚަމްވި މީހުންނަށް އައިޖީއެމްއެޗް ގައި ފަރުވާދީފައިވާއިރު، އެމީހުންގެ ހާލު މިވަގުތު ސްޓޭބަލްކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ތިލަފުށީ ކޮމްޕްރެސަރު ގޮވަން މެދުވެރިވީ ކޮން ސަބަބަކާއި ހެދި ކަމާއި މިހާދިސާގައި އަނިޔާވި ތިން މީހުންނަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.