މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިރާދަކުރެއްވިއްޔާ ބޮޑުތަނުން ރައީސް ޢަބްދުﷲ ޔާމީން ބަލިވެވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ނުއެނެގެނީ ރައްޔިތުން ނުކުމެ ވޯޓުން ބަލިކުރި ނަމަވެސް ރައީސް ޢަބްދުﷲ ޔާމީން ވެރިކަން ދޫކުރައްވާނެކަން ކަމަށް ރައްޔިތުންގެ ބައަކު ކޯލިޝަންގެ ރަނިންމޭޓް ފައިޞަލް ނަސީމަށް ދަންނަވައިފިއެވެ.
އަންނަ ރިޔާސީ ކެންޕޭނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މާފަންނުގެ ބައެއް ގެތަކަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން ބޮޑުގޭ ވަގުތީ މިސްކިތުގައި ޖަމާއަތުގައި ޢަޞްރު ނަމާދުކުރެއްވެވުމަށްފަހު ފައިބާ ވަޑައިގެންނެވިތަނުން ބައްދަލުކުރި ބައަކު ދެންނެވީ މިސަރުކާރުން ޤާނޫނާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދާއިރު ވޯޓުގެ ނަތީޖާގައި ބޮޑުތަނުން ބަލިވި ނަމަވެސް ޤާނޫނުތަކަށް އަމަލުކުރާނެ ކަމާއިމެދު ޝައްކު ކަމަށެވެ. އަދި ބުނީ އޭނާ އާއި އޭނާގެ ޢާއިލާ އާއި އޭނާގެ ހުރިހާ އެކުވެރިންވެސް ވޯޓުލާނީ ކޯލިޝަނުގެ 2 ކެންޑިޑޭޓުންނަށް ކަމަށެވެ.
ރައްޔިތުން މިފަދަ ޝައްކުތައް ކުރަނީ ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މަޖިލީހުން ފާސްކުރާ ކަންކަމަށް ސްޕްރީމް ކޯޓުގެ ތާއީދުވެސް ލިބެމުން ދިއުމާއިއެކުގައެވެ.
ކޯލިޝަނުން ބުނަމުން ގެންދަނީ ދުނިޔެ އޮތީ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަމަށާއި ރައްޔިތުންގެ ތަންފީޒު ކުރުވޭނެ ކަމަށެވެ. ރައްޔިތުންގެ މަސްއޫލިއްޔަތަކީ 23 ސެޕްޓެމްބަރުގައި ނުކުމެ ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓުދީ ފޮށިތައް ފުރާލަދިނުން ކަމަށެވެ.