ޑރ.ޝަހީމް މެލޭޝިއާއަށް އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން ހަތަރު ނަންބަރު ޖެޓީސަރަހައްދުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ މިދަތުފުޅަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކޮށް އެފަރާތްތަކުގެ ޙާލު ބެއްލެވުމަށާއި ހާއްސަކޮށް އެޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންގެ ކަންތައްތައް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އޭގެ އިތުރުން ރީރަޖިސްޓްރޭޝަން ކަންތައްތައް ކުރިއަށްދާގޮތް ބައްލަވާ ރައީސް ޔާމީނަށް ތާއިދު އިތުރުކުރެއްވުމުގެ މަސައްކަތްތައް ވެސް މިދަތުރުފުޅުގައި ކުރިއަށް ގެންދަވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އިއްޔެ މެލޭޝިއާއަށް ކުރެއްވި މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަރުތުފުޅެކެވެ.