މާލޭގައި 8000 ކާރާއި 80،000 ސައިކަލް ދުއްވާ ކަމަށާއި އެ ވެހިކަލްތަކަށް ޕާކުކުރާނެ ޖާގަ ނުދައްކައި ޖުރުމަނާކޮށް ފައިސާ އަތުލައިގެން ނުވާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ޖެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އިބޫ ވިދާޅުވެއްޖެއެވެ.
އިބޫ މިރޭ ވިދާޅުވީ މާލޭގެ ތާރީޚަށް ބެލިނަމަވެސް މިހާރަށްވުރެ އުނދަގުލުގައި ދިރިއުޅެން ޖެހިފައިވާ ދުވަސްވަރެއް ފެންނަން ނެތް ކަމަށާއި މިހާލަތަށް ކަންކަން ގޮސްފައި މިވަނީ ލާމަރުކަޒީ އުޞޫލުން ރާއްޖެ ތަރައްޤީ ކުރުމުގެ ބަދަލުގައި މާލެ ސަރަހައްދު ތަރައްޤީކޮށް ތޮއްޖައްސަމުން ގެންދާތީ ކަމަށެވެ.
އިބޫ ވިދާޅުވީ މާލޭގައި ވެހިކަލްތައް ގިނަވެ ބާރު މިވަރަށް ބޮޑުވެފައިވާއިރު އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރުން މިހާރަށްވެސް ކުރަންޖެހޭ އަދި ކުރެވިދާނެ ބައެއް ކަންކަން މިހާރުވެސް އެބަހުރި ކަމަށެވެ. އެގޮތުން މުދާ ބަރުކޮށް ބާލާ ސަރަހައްދުތަކެއް ކަނޑައެޅުން މިހާރުން މިހާރުން މިހާރަށް ވެސް މުހިންމު ކަމަށެވެ.
އިބޫ ވިދާޅުވީ ވެހިކަލްތައް މިވަރަށް އިތުރުވެ މާލެ ތޮއްޖެހިފައި މިވަނީ ހުރިހާ ޚިދުމަތްތަކެއް މާލެއަށް ޖަމާކުރަމުން ގެންދާތީ ކަމަށާއި ޙައްލަކީ މާލެފަދަ އިތުރު ސިޓީތައް ތަރައްޤީކޮށް މާލެއަށް މީހުން މަދުކުރަން މަސައްކަތްކުރުން ކަމަށެވެ.