ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ޤައުމުގެ އިޤްޠިޞާދު ހަލާކުކޮށްލަން މަސައްކަތް ނުކުރުމަށް ފައިޞަލް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ޤައުމުގެ އިޤްޠިޞާދު ހަލާކުކޮށްލަން މަސައްކަތް ނުކުރުމަށް ފައިޞަލް ގޮވާލައްވައިފި
ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި ޤައުމުގެ އިޤްޠިޞާދު ހަލާކުކޮށްލަން މަސައްކަތް ނުކުރުމަށް ކޯލިޝަންގެ ރަނިންމޭޓް ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ފައިޞަލް މިރޭ ވިދާޅުވީ ރާއްޖެ ފަދަ ޤައުމުގެ އިޤްޠިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ޤައުމެއްގައި ކުއްލި ނުރައްކަލުގެ ޙާލަތަކީ ކުޅޭކުޅޭ އެއްޗަކަށް ނުހެދުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ކަންކަމުން ޤައުމުގެ އިޤްޠިޞާދަށް ލިބޭ ގެއްލުން ފޫބެއްދުމަކީ އުނދަގޫކަމަކަށް ނުވާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ "ވަޅުކައްޓަފުޅި ދާންޏަށް ނުސިހޭނެ" ކަމަށާއި ރައްޔިތުން ތިބީ ބައަކު ދައްކާ ބިރަށް ފަސްޖެހި ގެއަށް ވަދެ ފިލާ ގޮތަށް ނޫން ކަމަށެވެ. ކިތަންމެ ވަރަކަށް ބިރު ދެއްކި ނަަމަވެސް ރައްޔިތުން ނުކުމެ ވޯޓުލައި މިސަރުކާރުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށެވެ.

ފައިޞަލް މިމޭރުމުން ވާހަކަފުޅު ދެއްކެވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވަނީ އެމަނިކުފާނުގެ ފޭސްބުކްގައި ޤައުމުގެ އަމާންކަން ނަގާލަން ބައަކު ރާވާ ކަމަށް ވިދާޅުވެ ޕޯސްޓެއް ކުރައްވައިފައެވެ.
މިއަދު އޮންލައިން