ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށާ . މިމީހާ ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރިއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން އޮގަސްޓް 2ވަނަ ދުވަހުގެ 11:05 ހާއިރު މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި، އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލެއިން މަޑުއްވަރިއަށް އައި ފެރީލޯންޗަކުން އެރަށް ފޭބިތަނުންނެވެ.
މަޑުއްވަރީ ބަނދަރު ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.
ޙަބަރު ޕޮލިސް