ރަށްތަކުގަ ދިރިއުޅޭ ރައްޔިތުންގެ ބޭނުންތައްވެސް ފުއްދައިދެވެންޖެހޭ: ނާދިރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަށްތަކުގަ ދިރިއުޅޭ ރައްޔިތުންގެ ބޭނުންތައްވެސް ފުއްދައިދެވެންޖެހޭ: ނާދިރާ

ރާއްޖޭގެ ބައެއް ރަށްރަށަކީ ކިތަންމެ ކުޑަ އަދި އާބާދީ މަދު ރަށްތަކެއް ނަމަވެސް އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުންތައްވެސް ފުއްދައިދޭން ޖެހޭނެ ކަމަށް ޕީޕީއެމްގެ ކުރީގެ އިސް މެންބަރެއް ކަމަށްވާ ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން މިއަދު ވ. އަތޮޅަށް ފެށި ދަތުރުގެތެރެއިން ފުލިދޫ ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނާދިރާ ވިދާޅުވީ ފުލިދޫއަކީވެސް އެރަށުގެ ސަބަބުން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަރަށް ގިނަ ފައިސާ ލިބޭ ރަށެއް ކަމަށެވެ. އެހެންކަމަށްވާއިރު އެ ފައިސާ ޚަރަދުކޮށްެން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚަރަދުތައް ކޮށްދޭންޖެހޭނެ ކަމަށެވެ.

ނާދިރާ ވިދާޅުވީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަދަދު މަދު ވަރަށް ގިނަ ރަށްތައް ރާއްޖޭގައި އެބަހުރި ކަަމަށާއި ރާއްޖެ ތަރައްޤީ ކުރެވުނުކަމަށްވާނީ އެރަށްތައްވެސް ހިމެނޭ ގޮތުން ޤައުމު ތަރައްޤީކުރުމުން ކަމަށެވެ.

ވ. އޮތޮޅަށް ކުރާ ދަތުރުގައި ރަނިންމޭޓް ފައިޞަލް ނަސީމް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.




މިއަދު އޮންލައިން