ކޮޅުމަޑުލަކީ މާލެ އާއި ވަރަށް ކައިރީގައި އޮތް އަތޮޅެއް ނަމަވެސް ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ގޮތުން އެ އަތޮޅަކީ މާލެ އާއި ވަރަށް ދުރުުގައި އޮންނަ އަތޮޅެއް ކަމަށާއި އެކަން ނައްތާލައި އެ އަތޮޅަކީވެސް މާލެ އާއި ކައިރީގައި އޮތް އަތޮޅަކަށް ހަދަންޖެހޭ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އިބޫ ވިދާޅުވެއްޖެއެވެ.
އިބޫ މިއަދު ވަނީ ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދަވަން ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފައެވެ. މިދަތރުުފުޅުގައި އެ އަތޮޅުގެ 9 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޅުމަޑުލުން އިބޫ ވަޑައިގަންނަވާ ރަށްތަކުން ދަނީ ހޫނު މަރްޙަބާއެއް ދަންނަވަމުންނެވެ. ކޮޅުމަޑުލަކީވެސް އިންތިޚާބުތަކުގައި ކޯލިޝަނަށް ބޮޑު ތަރްޙީބެއް ލިބެމުން އަންނަ އަތޮޅެކެވެ.
Gulhifaivaa Party thakuge riyaasee candidate @ibusolih ah Th. Gaadhiffushi in hoonu maruhabaa eh dhannavaifi#RiyaaseeRace2018#IbuFaisalThAtoll pic.twitter.com/xBff4FrDZm
— RaajjeTV Live (@RaajjeTVLive) August 5, 2018