ނައިފަރު ސްކޫލް ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ނައިފަރު ސްކޫލް  ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙުގެ ގްރޭޑް 10 ގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 2 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ވަނީ ޓީމް ބިލްޑީންގ ހަރަކާތްތަކެއްގެ އިތުރުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރިއަށް ގެންދިޔަ ސެޝަންގައި ވަނީ ޓީމް ބިލްޑް ކުރެވޭޏީ ކިހިނެއްކަމާއި ޓީމެއްގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ކާމިޔާބާ ހަމައަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުންނާއި ލީޑަރަކީ ކޮބައިކަމާއި ލީޑަރުންގެ ދަޢުރަކީ ކޮބައިކަމާއި ކަންކަމުގައި އިސްނެގުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ. އަދި ރީތިބަހުން މުޢާމަލާތް ކުރުމުގެ އިތުރުން އެކަކު އަނެކަމަށް އިޚްތިރާމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ސެޝަންގައި މަޢުލޫމާތު ދީފައިވެއެވެ.

މަދަރުސަތު އިފްތިތާޙްގެ ގްރޭޑް 10 ގައި ތަޢުލީމު ޙާސިލްކުރަމުންދާ 37 ދަރިވަރުން ބައިވެރިވި މި ހަރަކާތްތަކުގައި މަޢުލޫމާތު ދީފައިވަނީ ނައިފަރު ޕޮޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން