މުދާ ބާލަން މަޑުކުރެވޭނެ ތަންތަން ކަނޑަނާޅާތީ މަގުތައް ބެދެނީ-
މާލޭގައި ވެހިކަލްތަކަށް މުދައު ބަރުކޮށް އަދި މުދައު ބާލާނެ ތަންތަން ކަނޑަ ނުއަޅާތީ މަގުތަކަށް ދަނީ ވަރަށް ބޮޑަށް ބާރު ބޮޑުވަމުންނެވެ.
ޚަބަރުގައިވާ ފޮޓޯއަކީ ރޭ 8:30 ހައިއިރު ރައްޔިތުންގެ މަޖިލިސް ކުރާގޭ ކައިރިން އެއްގަމުގެ ހުންނަ މަގާއި ބުރެވިމާގެ ހުންނަ މަގު ގުޅޭ ކަންމަތީގައި ދެ މަގުވެސް ބަންދުވާ ގޮތަށް ބާއްވައިގެން މުދާ ބާލަމުން ދިއަ ވެހިކަލެކެވެ.
މިފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު ޓެކްސީ ސްޓޭންޑްތަކެއް ހެދުމުގެ ވާހަކައަކީވެސް ޓްރާންސްޕޯޓް އޮތޯރިޓީ އުފެދުނީންސުރެ ދައްކަމުން އަންނަ ވާހަކައެއް ނަމަވެސް މިއަދާއި ހަމައަށް ވެސް އަމަލީ ސިފައެއް ގެނެސްފައި ނުވުމަކީ މަގުތައް ތޮއްޖެހެން މެދުވެރިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.
މީހުން އަރުވަން މަޑުކުރާނެ ތަންތަން ކަނޑައަޅާފައި ނެތުމުން ކޮންމެ ތަނެއްގައިވެސް މަޑުކުރަމުންދާތީ ވަަރަށް ނުރައްކާތެރި ހާލަތުތައްވެސް ދަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން ކާރަށް އަރާ މީހުންނަށާއި ދަތުރުުކުރާ ވެހިކަލްތަކަށްވެސް ދަނީ ނުރައްކާތައް ކުރިމަތިވަމުންނެވެ.
ކުއްލިއަކަށް ކާރު މަޑުކުރުމުންވެސް ކާރެއްގައި ޖެހި ކިރިޔާ ކޫރުމެއް އެޅުނު ނަމަވެސް ދޭންޖެހޭ ބަދަލު ބޮޑުކަމުން އެހެން ވެހިކަލްތައް ކޮންމެގޮތަކުން ނަމަވެސް ހުއްޓުވަން ކުރާ މަސައްކަތުގައި ގިނަ ބައަކަށް ސައިކަލުން ވެއްޓެން ޖެހުމާއި އިތުރު ސައިކަލްތައް އެކްސިޑެންޓްވުން ފަދަ ކަންކަން ދަނީ ކޮންމެ ދުވަހަކުހެން މެދުވެރިވަމުންނެވެ.