ރަސްމީގަޑީގައި މުވައްޒިފުން ލައްވާ މަސައްކަތްކުރުވޭނެ ހަރުދަނާ ނިޒާމެއް ބޭނުންވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމްވިދާޅުވެއްޖެއެވެ.
ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިތުރުގަޑީގެ ލިމިޓް އުވާލުމަކީ އެންމެ ޒިންމަދާރު ގޮތެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރަސްމީ ގަޑީގައި މަސައްކަތްނުކޮށް ކޮފީގައި އުޅުމަށްފަހު އިތރުުގަޑީގެ ފައިސާގެ ގޮތުގައި މުސާރައާއި އެއްވަރުގެ އެލަވަންސް ނަގާ މުވައްޒިފުން ވަރަށް ގިނަ ކަމަށެވެ.
ނިޔާޒް ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް ބޭނުންވަނީ ރަނގަޅު ޕަރފޯމޭންސް މެނޭޖްމަންޓް ސިސްޓަމެއް ކަމަށެވެ.
"އިތުރުގަޑީގެ ލިމިޓް އުވާލުމަކީ އެންމެ ޒިންމަދާރު ގޮތެއް ނޫން. ރަސްމީ ގަޑީގަ ކޮފީގަ އުޅެފަ އިތރުުގަޑީގެ ފައިސާގެ ގޮތުގަ މުސާރައާ އެއްވަރުގެ އެލަވަންސް ނަގާ މުވައްޒިފުން ވަރަށް ގިނަ. ބޭނުންވަނީ ރަނގަޅު ޕަރފޯމޭންސް މެނޭޖްމަންޓް ސިސްޓަމެއް."