ދުނިޔޭގަ އެންމެ ތަރައްޤީވެފަހުރި ހުރިހާ ސިޓީތަކެއްގެ ނަން ކިޔާފަ ނަމަވެސް އަސާސީ ބޭނުންތައް ފުއްދައިދޭންޖެހޭ!: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުނިޔޭގަ އެންމެ ތަރައްޤީވެފަހުރި ހުރިހާ ސިޓީތަކެއްގެ ނަން ކިޔާފަ ނަމަވެސް އަސާސީ ބޭނުންތައް ފުއްދައިދޭންޖެހޭ!: ފައިޞަލް
ދިވެހިރާއްޖެއަށް ނުވަތަ ރާއްޖޭގެ ސަރަހައްދުތަކަށް ދުނިޔޭގައި އެންމެ ތަރައްޤީވެފަހުރި ހުރިހާ ސިޓީތަކެއްގެ ނަން ކިޔާފައި ނަމަވެސް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދޭންޖެހޭ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިއަދު ވިދާޅުވީ ޓޯކިޔޯ އާއި ނިޔުޔޯކް ފަދަ ނަން މަޝްހޫރު ދުނިޔޭގެ ހުރިހާ ސިޓީތަކުގެ ނަންތައް ކިޔުމަކީވެސް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން، އެންމެ ކުޑަމިނުން އަސާސީ ބޭނުންތައް ފުއްދައިގެން ރަށުގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ކުރާ އިސްރާފް ހުއްޓާލުމުން ރާއްޖޭގެ ރަށްތައް އެކުގައި ތަރައްޤީކުރެވޭ ވަރަށް ފައިސާ ދައުލަތަށް ލިބޭކަމަށެވެ. އެހެންކަމުން ބޭނުންވަނީ ދައުލަތަށް ލިބޭ ފައިސާ ހަމަ އަދަދަށް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކިތަންމެ ކުޑަ ރަށަކަށްވީނަމަވެސް އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެކަންކަން ފުރިހަމަކޮށްދޭންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން