ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން އަދަބު ލުއިކޮށްދެއްވަން ހަމަޖެއްސެވި ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީންގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމުމާ އެކު ބައެއް މީހުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އިތުރު ގައިދީންނާ އިންޓަވިއުކޮށް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ އަދަބު ލުއިކޮށްދެއްވަން ނިންމަވާފައި ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް އެކަނި ކަމަށެވެ.
ހުކުމް ތަންފީޒުކުރަމުންދާ ގައިދީންތަކެއްގެ އަދަބު ލުއިކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މި އަހަރުގެ މިނިވަން ދުވަހު ނިންމަވައިފަ އެވެ.