ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފި އެވެ.
ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ޑީޖީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފޯމާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިިދިޔަ ހޯމަ ދުވަހު ވެސް 180 އަށް ވުރެ ގިނަ މީހުންނަށް ވަކީލު ކަމުގެ ހުއްދަ ދިފައެވެ.
ވަކީލު ކަމުގެ ހުއްދަ ދެނީ ގާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ.