ރިޔާސީ އިންތިޚާބުގަ ކެޔޮދޫން ކޯލިޝަނަށް 95 އިންސައްތަ ތާއީދު ލިބޭނެ: ޝައިޚް މޫސާ ނިޒާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރިޔާސީ އިންތިޚާބުގަ ކެޔޮދޫން ކޯލިޝަނަށް 95 އިންސައްތަ ތާއީދު ލިބޭނެ: ޝައިޚް މޫސާ ނިޒާރު
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކެޔޮދޫން ގުޅިފައިވާ ކޯލިޝަނަށް 95 އިންސައްތަ ތާއީދު ލިބޭނެ ކަމަށް ކެޔޮދޫ ދާއިރާގެ މެންބަރު އައްޝައިޚް މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.

ކެޔޮދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މޫސާ ނިޒާރު މިއަދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެޔޮދޫ ރައްޔިތުން ވޯޓުދިނީ މިހާރުގެ ސަރުކާރަށް ކަމަށާއި ނަމަވެސް ވެރިކަމުގެ ފަސް އަހަރު ނިމުނު އިރުވެސް ރަށުގެ ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށެވެ. "ތާއީދުކޮށް ވޯޓުދީގެން ވެރިކަމަށް ގެނައުމުން ރައްޔިތުންނަށް ޚިދުމަތް ނުކުރާ ސަރުކާރަކަށް ތާއީދުކޮށްގެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް."

މޫސާ ނިޒާރު ވިދާޅުވީ ސުނާމީގައި ހަލާކުވި ރަށުގެ ބަނދަރު އަދިވެސް އޮތީ ނުހެދި ކަމަށާއި ބަނދަރު ނުހެދި ފާއިތުވި މުއްދަތުގެ 5 އަހަރަކީ މިސަރުކާރުގެ ވެރިކަމުގައި ފާއިތުވި އަހަރުތަކެއް ކަމަށެވެ. "މިރަށަކީ ގިނަ އަދަދެއްގެ ގެސްޓް ކޮޓަރިތައް ހުރި ރަށެއް. އެންމެ ގިނަ މަސްދޯނިތައް ހުރި ރަށް. މިރަށުގެ ބަނދަރަކީ ދަތުރުކުރާ ގިނަ ބައަކު ބޭނުންކުރާ ބަނދަރެއް. ނަމަވެސް ސަރުކާރުން މިއަދާއި ހަމައަށްވެސް ބަނދރުގެ މައްސަލަ ހައްލުކޮށްދީފައެއް ނުވޭ."

މޫސާ ނިޒާރު ވިދާޅުވީ ސެޕްޓެމްބަރު 23 އަކީ ރައްޔިތުން އަތާ އަތްގުޅައިގެން މިހާރު ވެރިކަން ކުރާ އަނިޔާވެރި ސަރުކާރު ނިމުމަކަށް ގެންނަން މަސައްކަތްކުރާނެ ދުވަސް ކަމަށާއި ކެޔޮދޫއަކީ ކޯލިޝަނަށް ތާއީދުކުރުމުގައި ނަމުނާ ދައްކާނެ ރަށެއް ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ ހަމަ އެންމެ ވޯޓެއްވެސް ރައީސް ޢަބްދުﷲ ޔާމީނަށް ލިބުނަ ނުދެއްވަން ކަމަށެވެ.
މިއަދު އޮންލައިން