އާ ސިޔާސީ ޕާޓީއެއް އުފައްދަން އީސީއިން ހުއްދަ ދީފި

ކިޔުމަށް ހޭދަވާނީ 44ސ
އާ ސިޔާސީ ޕާޓީއެއް އުފައްދަން އީސީއިން ހުއްދަ ދީފި
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީނު ހުށަހެޅުއްވި އައު ސިޔާސީ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން މިއަދުހުއްދަ ދީފިއެވެ.

އެޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ އީސީގެ ފަރާތުން ވަކީލު ޢަބްދުﷲ ހަސީނާއި ހަވާލު ކުރެއްވީ އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފެވެ.

ޢަބްދުﷲ ހަސީނު ވަނީ "މޯލްޑިވްސް ސޯޝަލް ޖަސްޓިސް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފައްދަން މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އީސީ އަށް ހުށަހަޅާފައެވެ. ނަމަވެސް އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެކޮމިޝަނުން ދީފައެއް ނުވެއެވެ.

ޕާޓީއާއި ގުޅޭ ގޮތުން ވަކީލު މީގެ ކުރިން ވިދާޅުވެފައިވަނީ، އެޕާޓީއަކީ އެއްވެސް ބަޔަކާއި ދެކޮޅަށް އަށް އެއްކޮޅަށް ވެސް މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.
މިއަދު އޮންލައިން