ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭ އަޅަމުންދާ ސަރަހައްދުގައި ކުރިން ހުރި ސީޕްލޭން ހޭންގަރ އެހެން ސަރަހަށްްދަކަށް ބަދަލު ކޮށްފިއެވެ.
އައު ހޭންގަރގާއިމް ކޮށްފައިވަނީ އެއެއާޕޯޓްގެ އިރުމަތީފަރާތު، އެއާޓްރެފިކް ކޮންޓްރޯލް ފުރަގަސްފަރާތު ހިއްކާފައިވާ 14000 އަކަމީޓަރުގެ ބިމުގައެވެ. އެ ހޭންގަރުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދީފައިވަނީ އާރަންވޭގެ މަސައްކަތް ކުރަމުންދާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) އެވެ. އަދި ހޭނގްަރުގެ މަސައްކަތުގެ އިތުރުން އެސަރަހައްދުގައި އައު ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތްވެސް ވަނީ ބީ.ޔޫ.ސީ.ޖީ އަށް ހަވާލުކުރެވިފައެވެ.
އައުރަންވޭގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނީ ސީޕްލޭން ހެވީ މެއިންޓޭނަންސް ހޭންގަރު އެހެންސަރަހައްދަކަށް ބަދަލު ނުކުރެވުމުގެ ސަބަބުންކަމަށް އެމް.އޭ.ސީ.އެލް އިންބުނެފައި ވެއެވެ.
ނަމަވެސް އައު ހޭންގަރު ގެ މަސައްކަތް މިހާރު ނިމިފައިވުމުން ރަންވޭގެ މަސައްކަތް މިހާރު ވަނީ އަނެއްކާވެސް ފެށިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭގައި މިހާރުދަނީ، ރަންވޭގެ މެދުގައި ސިމެންތިއާއި ހިލަ އެއްކޮށްގެން އަޅާ ފަށަލަ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކުރިޔަށްއޮތް ދެ ހަފަތާ ތެރޭގައި މިމަސައްކަތް ނިމޭނެވާހަކަވެސް އެމް.އޭސީ.އެލް ބުނެފައި ވެއެވެ.