ކޯލިޝަނުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ބިން ހުރި ރަށްރަށުން 6 މަސް ދުވަހުގެ ތެރޭ ގައި ގޯތި ދޫކުރަން ފަށްޓަވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގޯތި ދޫކުރައްވާނީ ލޭންޑް ޔޫސް ޕްލޭން ހެއްދެވުމަށްފަހުގައި ކަމަށާއި ވިލުފުށްޓަކީވެސް ގޯތި ދޫކުރާނެ ބިން އޮތް ރަށެއް ކަމަށެވެ.
އިބޫގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީވެސް މިހާރަށްވުރެ ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. "ކޮންމެ ރަށަކުންވެސް އޮޑިވެރިން ބުނަމުން ގެންދަނީ މިހާރު ނަގާ ފީ މާބޮޑުކަމަށް. ވީމާ މަސްވެރި އުޅަނދުފަހަރާ މުދާއުފުލާ އުޅަނދު ފަހަރަށާ އެހެން އުޅަނދު ފަހަރަށްވެސް މި މައްސަލަތައް ހައްލުކޮށްދޭންޖެހޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުކުރާނަން." އިބޫވިދާޅުވިއެވެ.