ވޯޓުލުން ލަހެއް ނުކުރެވޭނެ - ނަތީޖާ ނެރެންޖެހޭނީ ރައްޔިތުން ވޯޓުލީ ގޮތަށް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވޯޓުލުން ލަހެއް ނުކުރެވޭނެ - ނަތީޖާ ނެރެންޖެހޭނީ ރައްޔިތުން ވޯޓުލީ ގޮތަށް: އިބޫ
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ޤާނޫނުގައިވާ މުއްދަތަށްވުރެ ލަސް ނުކުރެވޭނެ ކަމަށާއި އަދި އިންތިޚާބުގެ ނަތީޖާ ނެރެ ހާމަކުރަންޖެހޭނީ ރައްޔިތުން ވޯޓުލީ ގޮތަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ މިއަދު ހަވީރު ވިދާޅުވީ ސަރުކާރުން ވޯޓު އޮޅުވާލާނެ ކަމަށާއި މަކަރު ހަދަންވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. "ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ބަލި ޤަބޫލުކުރައްވައި ރައީސް އޮފީހުން ނުކުމެވަޑައިގެން ގެއަށް ވަޑައިގަންނަވަން."

އިބޫ ވިދާޅުވީ ވޯޓުލާނީ ރައްޔިތުން ކަމަށާއި ވޯޓު ގުނަންޖެހޭނީވެސް ރައްޔިތުންގެ ކުރިމަތީގައި ކަމަށެވެ. އެކަންކަމަށް ހުރަސް ނުއެޅޭނެ ކަމަށެވެ.

ވޯޓުލުން ލަސް ކުރަން ނުވަތަ އިންތިޚާބު ނުބާއްވަން ސަރުކާރުން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި މިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ އެމަނިކުފާނުގެ ފޭސްބުކުގައި ޤައުމީ ސަލާމަތީ ގުޅުވައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.
މިއަދު އޮންލައިން