"ފަސޭހަ މަދަދު ފޭސް 2" އާއި "އިނޮވޭޓިވް ފައިނޭންސް" ލޯން ސްކީމް ތައާރަފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
"ފަސޭހަ މަދަދު ފޭސް 2" އާއި "އިނޮވޭޓިވް ފައިނޭންސް" ލޯން ސްކީމް ތައާރަފުކޮށްފި
80 މިލިއަން ރުފިޔާ އަށް ވުރެ އަގުހުރި ދެ ލޯން ސްކީމް ކަމުގައިވާ ފަސޭހަ މަދަދު ފޭސް 2" އާއި "އިނޮވޭޓިވް ފައިނޭންސް" ސްކީމް އިކޮނޮމިކް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އިފުތިތާހުކޮށް ދެއްވި އެ ދެ ލޯން ސްކީމަކީ އިސްލާމިކް ފައިނޭންސްގެ އުސޫލުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ގޮތްޕާއި އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ ލޯން ސްކީމްތަކެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "ފަސޭހަ މަދަދު ފޭސް 2" އަކީ 74 މިލިއަނަށް ވުރެ ބޮޑު ފަންޑަކާއެކު ހިންގާ ސްކީމެއްކަމަށާއި އަދި "އިނޮވޭޓިވް ފައިނޭންސް" ސްކީމް އަކީ ހަތް މިލިއަން ރުފިޔާގެ ސްކީމެއްކަމަށެވެ.

18 އަހަރުން މަތީ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ މިސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާލާފައެވެ.
މިއަދު އޮންލައިން