އިސްލާމިކް ބޭންކުން އިތުރު އޭޓީއެމެއް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
އިސްލާމިކް ބޭންކުން އިތުރު އޭޓީއެމެއް ހުޅުވައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކުން އިތުރު އޭޓީއެމެއް ހުޅުވައިފިއެވެ. މިއަދު ހެނދުނު ހުޅުވި އޭޓީއެމް ހުޅުވާފައިވަނީ އަމީނީމަގުން ޤައުމީ ޔުނިވަރސިޓީ ސަރަހައްދުގައެވެ.

އިސްލާމިކް ބޭންކުގެ 4 އޭޓީއެމް މާލޭގައި ހުރިއިރު ހުޅުމާލޭގައާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައިވެސް ދަނީ އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ 2011 ވަނަ އަހަރު ހުޅުވާފައިވާ، އިސްލާމީ އުޞޫލުން ޚިދުމަތް ދިނުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ބޭންކެވެ. ބޭންކަށް ލިބޭ ތަރުޙީބް މިހާރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިއަދު އޮންލައިން