ރާއްޖޭގެ އިސް ވިޔަފާރިވެރިން އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ސަނާކިޔައެވެ. އިތުރަށް ވިޔަފާރިތައް ކުރިއަރުވަން މަގުފަހިކުރުމުގެ ގޮތުންނެވެ. ރިޒޯޓު ތަރައްޤީކުރާނެ އިތުރު ރަށްތަށް ހޯދުމަށާއި މަސައްކަތްކުރާނެ އިތުރު މަޝްރޫއުތައް ހޯދުމުގެ ބޭނުމުގައެވެ. ސަރުކާރުގެ ޝަރަފުވެރި މަޤާމުތަކުގެ ދަހިވެތިކަމުގައެވެ. ސޮވްރިން ގަރަންޓީތަކުގެ ބޭނުމުގައެވެ.
އެހެންކަމުން އިސް ވިޔަފާރިވެރިންނާއި މަހުޖަނުން ސަރުުކާރަށް ސަނާ ކިޔުމަކީ ސަރުކާރުގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރިއަށްދާ ކަމުގެ ހެއްކެއް ކަމަށް ބެލެވޭކަށް ނެތެވެ.
މިކަންކަން އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ސަބަބަކީ ސަރުކާރުން ފައުޅުކަން ބޮޑު ގޮތެއްގައި ހިންގާ ޖަރީމާތަކާއި ދެކޮޅަށް އެފަދަ ބޭފުޅުން އެއްވެސް ބަސްފުޅެއް ވިދާޅުނުވާ ކަމެވެ.
ސަނާ ކިޔާއިރު ފާޑުވެސް ކިޔަންޖެހޭނެއެވެ. ކުރާ ރަނގަޅު ނޫން ކަންތައްތައް ފާހަގަކޮށް އެކަންކަން ހާމަކުރަންވެސް ޖެހޭނެއެވެ. މިކަމާއި ގުޅިގެން ބައެއް ބޭފުޅުން ވިދާޅުވަނީ އެބޭފުޅުން ސަރުކާރުގައި ހުންނަ މައްސަލަތައް ފާހަގަކުރައްވައި ދައުލަތުގެ ވެރިންގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ.
އެއީ ތެދަކަށްވެސް ވެދާނެއެވެ. ނަމަވެސް މައްސަލައަކީ ސިއްރުން ފާޑު ވިދާޅުވެފައި ފައުޅުގައި ތަޢްރީފްކުރައްވާ ކަމެވެ. މި ދެކަންތައް ދިމައެއް ނުވެއެވެ. ސިއްރުން ފާޑުވިދާޅުވާނަމަ ސިއްރުން ޚުޝާމަދު ނުކުރައްވާތީއެވެ.
ޢުމަރުގެފާނު ވިދާޅުވީ ޚުޝާމަދުކުރާނެ އެކުވެރިން ނުވަތަ ބައަކު ބޭނުންފުޅުނުވާ ކަމަށެވެ. ބޭނުންފުޅުވަނީ އެމަނިކުފާނަށް ކުރެއްވެވޭ ކަންތައްތަކަށް ފާޑުކިޔައި ކަންކަން އިޞްލާޙްކުރަން މަސައްކަތްކޮށްދޭނެ މީހުން ކަމަށެވެ. މިއީ އިސްލާމް ދީނުގައި މިކަން އޮތް ގޮތެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ.
Raajjeyge tourism dhaairaa, construction dhaairaa, viyafaari dhaairaage thajribaakaaru isbeyfulhun dhekevadaigannavaa goi: pic.twitter.com/6lPMOuBbCF
— Dr.Mohamed Muizzu (@MMuizzu) August 6, 2018