ދިރާގުން ދޭ އެންމެ ޝަރަފްވެރި އެވޯޑް މުހައްމަދު މިރްޝާން ހަސަނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދިރާގުން ދޭ އެންމެ ޝަރަފްވެރި އެވޯޑް މުހައްމަދު މިރްޝާން ހަސަނަށް!

ރާއްޖޭގެ ޤައުމީ މުވާސަލާތީ ކުންފުނި، ދިރާގުން ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ޗެއަޕާސަންސް އެވޯޑް ކުންފުނީގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ޙާޞިލުކޮށްފިއެވެ.

މި އެވޯޑް ދީފައިވަނީ ދިރާގުން މުވައްޒަފުންނަށް ބާއްވާ އެންމެ ހާއްސަ އެއް ހަފުލާ ކަމަށްވާ ދިރާގު އެނުއަލް އެވޯޑް2017މިދިއަ ހުކުރު ދުވަހުގެ ރޭ ކްލަބްފަރުގައި ބޭއްވި އެ ހަފްލާގައެވެ.

މިއީ ދިރާގުން މި ހަފުލާ ވިދިވިދިގެން ބޭއްވި 29 ވަނަ އަހަރެވެ. މި އެވޯޑް ހަފްލާގެ މައިގަނޑު މަޣްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބުދިނުން ކަމަށް ދިރާގުން ބުނެއެވެ.

މި ހަފްލާގައި އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރއެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 31 މުވައްޒަފަކަށް ދީފައިވެއެވެ.

މިއަހަރުގެ ހަފުލާފައި ފާހަގަ ކޮށްލެވުނު އެންމެ ހާއްސަ އެއްކަމަކީ މިއަހަރުގެ އެވޯޑްގެ ޓްރޮފީ ޑިޒައިނެއެވެ. ދިރާގުން ވަނީ މިއަހަރު ބޭއްވި އެވޯޑް ހަފުލާގައި މުވައްޒަފުންނަށް ދިން އެވޯޑްތައް އައު ބްރޭންޑިންގ އާއި އެއްގޮތަށް ވަނީ ފަރުމާކޮށްފަ އެވެ.

ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުންނެވެ. މިގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ.600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

2018 ވަނަ އަހަރަކީ ދިރާގަށް ފަހުރުވެރި 30 އަހަރު ފުރޭ އަހަރަށް ވާއިރު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން