ރައީސް މައުމޫން ގެ ގެކޮޅަށް ފުލުހުން ވަދެ ކުރީ ޤާނޫނީ ކުށެއް- ވަކީލު

ކިޔުމަށް ހޭދަވާނީ 1މ 27ސ
ރައީސް މައުމޫން ގެ ގެކޮޅަށް ފުލުހުން ވަދެ ކުރީ ޤާނޫނީ ކުށެއް- ވަކީލު
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ގެކޮޅަށް ފުލުހުން ވަދެ ކުރީ ޤާނޫނީ ކުށެއް ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު މިހެން ވިދާޅުވެފައިވަނީ"ކުށްކުރުމަށްފަހު އަދަބުން ސަލާމަތްވުމަކީ ވަކިބަޔަކަށް އޮތް ހައްގެއްތޯ" ބުނެ ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެން އެއަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ވަކީލު މައުމޫން ހަމީދު ވިދާޅުވެފައިވަނީ ފުލުހުންނަކީ ވެސް ޤަނޫނަށްވުރެ މަތީގައި ތިބެވޭނެ ބައެއް ނޫން ކަމަށާއި ޤާނޫނު ބުނާ ގޮތުން ފުލުހުންނަށް ރައީސް މައުމޫންގެ ގެކޮޅަށް ވަދެ އެމަނިކުފާނުގެ ފޯނު ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެއަމުރު އެރޭ ފުލުހުންގެ އަތުގައި ނެތްކަން ވެސް ވަކީލު ފާހަގަ ކުރައްވާފައިވެއެވެ.

އެފަދަ އެއްވެސް ހުއްދައެއް ނެތި ރައީސް މައުމޫންގެ މައްޗަށް ކުރެއްވި އަމުރަކީ ޤާނޫނާއި ޚިލާފު އަމުރެްއ ކަމަށް މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ.









މިއަދު އޮންލައިން